ހޯމް މިނިސްޓަރ މިނިސްޓްރީ ގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފި

ހޯމް މިނިސްޓަރ އަލްފާޟިލް އަޙްމަދު ޒުހޫރު މިނިސްޓްރީގެ މުވައްޒަފުންނާއި މިއަދު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީގެ ކޮންފަރެންސް ހޯލްގައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރގެ ވާހަކަފުޅުގައި ހުރިހާމުވައްޒަފުންވެސް އެއްބައިވަންތަކަމާއި އެކު މަސައްކަތް ކުރުމަށާއި ދުވަހުން ދުވަހަށް ހަވާލުވެފައިވާ މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުމަށް އަދި ގަވާއިދުން ވަޒީފާއަށް ނިކުތުމަށް އިލްތިމާސް ކުރެއްވިއެވެ.