ފްރާންސަށް ދިން ޙަމަލާ ހޯމް މިނިސްޓްރީން ކުށްވެރިކޮށްފި

މިއަދު ފްރާންސްގެ ނީސްއަށް ދީފައިވާ ޓެރަރިސްޓް ހަމަލާއަކީ ގޮތެއްފޮތެއްނެތް ބައެއްގެ ލާއިންސާނީ ފިނޑި ޢަމަލެކެވެ. މި ހަމަލާ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހީންގެ ހަމްދަރުދީއާއި ހެޔޮއެދުންތައްވަނީ ފްރާންސްގެ ރައްޔިތުންނާއެކުގައެވެ. އަދި މި ނުރައްކާތެރި ހަމަލާގައި ދުނިޔެދޫކުރި މީހުންގެ ޢާއިލާތަކަށާއި ފްރާންސްގެ ރައްޔިތުންނަށް ތައުޒިޔާ ރައްދުކުރަމެވެ.