މިނިވަން ދުވަހުގެ އިވެންޓްތައް ޕްރޮމޯޓްކުރުމާއި ގުޅޭ ޖޮއިންޓް ޕާޓްނަރޝިޕް އެމްއޯޔޫއެއްގައި މިނިސްޓްރީން ޕީއެސްއެމްއާއެކު ސޮއިކޮށްފި

2016 ވަނަ އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓްތައް ޕްރޮމޯޓްކުރުމާއި ގުޅޭ ޖޮއިންޓް ޕާޓްނަރޝިޕް އެމްއޯޔޫއެއްގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ޕަބްލިކް ސަވިސް މީޑިއާއެކު މިއަދު ސޮއިކޮށްފިއެވެ.

ހޯމްމިނިސްޓްރީގައި ބޭއްވި މިރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ޒުހޫރެވެ. ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

މިއަދު ސޮއިކުރި މިއެމްއޯޔޫގެ މައިގަނޑު މަޤްޞަދަކީ މިނިވަން ދުވަހުގެ އިވެންޓްތައް ޕްރޮމޯޓްކުރުމާއި ރަސްމިއްޔާތުތަކުގެ ކަވަރޭޖް ހެދުމާއި އިވެންޓްތައް ކުލަގަދަގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި ސްޓްރީޓް އާޓް ފެސްޓިވަލް، ދިދަނެގުމުގެ ރަސްމިއްޔާތު، ހެވިކަމާއި ކުޅިވަރު، ފުޅަނދުބުރު އަދި ދިވެހި ފަންނާނުންގެ މިއުޒިކީ ޢީދު ހިމެނެއެވެ.