އައި އެސް ޑީ ބީ – ޓީ އެއްބަސް ވުމުގައި ޖައިކާ އާއި އެކު ހޯމް މިނިސްޓްރީ އިން ސޮއިކުރައްވައިފި

އިންޓަރގްރޭޓަޑް ސަރވިސަސް ޑިޖިޓަލް ބްރޯޑްކާސްޓިންގ ޓެރެސްޓީރިއަލް އެއްބަސްވުމުގައި ޖައިކާ އާއި އެކު ހޯމް މިނިސްޓްރީ އިން މިއަދު ސޮއި ކުރައްވައިފިއެވެ.

މިއަދު މެންދުރު ހޯމް މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އައި އެސް ޑީ ބީ – ޓީ އެއްބަސް ވުމުގައި ހޯމް މިނިސްޓަރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އުމަރު ނަޞީރެވެ. އަދި ޖައިކާގެ ފަރާތުން ސޮއި ކުރެއްވީ ޕްރިޕަރޭޓަރީ ސަރވޭ ޓީމްގެ ލީޑަރ ޖޮތާރޯ ތަތެޔާމާއެވެ. މީގެއިތުރުން ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލެވެ.

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އައި އެސް ޑީ ބީ – ޓީ ނެޓްވަރކް އެއް ޤާއިމް ކުރުމަށް އެހީވެދޭން ޖަޕާނު ސަރުކާރުން ވަނީ ނިންމާފައެވެ.

އަދި މި އެއްބަސް ވުމުގައި ޕީއެސްއެމްގެ ދައުރަކީ މި ނެޓްވޯރކް ބަލަހައްޓާ މެއިންޓެއިން ކުރުންކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.