ހޯމް މިނިސްޓަރ އުނގޫފާރު ކައުންސިލާއި މީދޫ ކައުންސިލްއާއި ބައްދަލުކުރައްވައިފި

މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ރ. އުނގޫފާރު ކައުންސިލްގެ ރައީސް އިބްރާހީމް އަންވަރާއި ރ. މީދޫ ކައުންސިލްގެ ރައީސް އިބްރާހީމް މުޙައްމަދާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މީދޫގައި ޤައުމީ ފެންވަރުގެ ދުވަހެއް ފާހަގަކުރުމާއި ގުޅޭގޮތުންނާއި، އުނގޫފާރު ކައުންސިލް އޮފީސް މަރާމާތު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.