ހޯމް މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ފުރާވަޑައިގެންފި

މިިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ރަސްމީ ދަތުރުފުޅެއްގައި މިއަދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މިދަތުރުފުޅަކީ ސްރީލަންކާގެ ލޯ އެންފޯސްމެންޓް އެޖެންސީތަކާއި ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މިމަހުގެ 17 ން 19 އަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހޯމްމިނިސްޓަރގެ ނައިބު އަޙްމަދު ޞިއްދީގު ބައިވެރިވެ ވަޑައިގަންނަވައެވެ.