މެލޭޝިޔާގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ހޯމް މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

މެލޭޝިޔާގެ ކޮމިޝަނަރ އޮފް ޕްރިޒަންސް ހާޖީ ޒުލްކިފްލީ ބިން އުމަރު މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ދެޤައުމުގެ ޖަލުތަކުގެ ނިޒާމާ ގުޅޭގޮތުންނެވެ. މީގެއިތުރުން ދެގައުމުގެ ޖަލު މުވައްޒަފުންނަށް ތަމްރީނު ދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު ޝިހާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.