ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ހޯމް މިނިސްޓަރ އަދި ލޯކަލް ގަވަަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެވުނީ ހދ. ނޮޅިވަރަމުގައި، މަގުބައްތި ހަރުކުރުމާއި، ރަށުގައި ޕޮލިސް ޑެސްކެއް ގާއިމު ކުރުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ކައުންސިލްގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތަކާއިގުޅޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރައްވިއެވެ.