ޗައިނާ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ލިއު ގިއާންގ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރުއާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި އުޅޭ ޗައިނާ ރައްޔިތުންނަށް ހިމާޔަތް ދިނުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.