ހޯމް މިނިސްޓްރީގައި ބަހުގެ ދުވަސް ފާހަގަ ކޮށްފި

މިނިސްޓްރީ އޮފްހޯމް އެފެއާޒް ގައި މިއަދު ހެނދުނު ދިވެހި ބަހުގެ ދުވަސް ފާހަގަ ކޮށްފިއެވެ. މިގޮތުން ޚާއްސަ އެސެމްބްލީއެއް ވަނީ ބާއްވާފައެވެ. މިއެސެމްބަލީގައި ހޯމް މިނިސްޓަރާއި، ސްޓޭޓް މިނިސްޓަރ އަދި ޑެޕީއުޓީ މިނިސްޓަރުންގެ އިތުރަށް މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ވަޑައިގަތެވެ. މިއެސެމްބްލީގައި، މި މިނިސްޓްރީގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ދިވެހިބަހަށް ޚާއްސަ ސމާލުކަމެއް ދިނުމަށްނަށް މިނިސްޓަރ އެދިވަޑައިގަތެވެ.

އަދި މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ނައިބު ރައީސާ އަލްފާޟިލާ ރާފިޢާ ޢަބްދުލް ޣަފޫރު ދެއްކެވި ވާހަކަފުޅުގައި، އިނގިރޭސި ބަހާއި ދިވެހި ބަސް މަސްހުނި ނުކޮށް ރީތި ދިވެހިބަހުން ވާހަކަ ދެއްކުމަށް ބާރުއެޅުއްވިއެވެ.

މީގެ އިތުރުން ދިވެހިބަހުގެ އެކަޑަމީން މާދަރީ ބަހުގެ ދުވަހު (23 ފެބްރުއަރީ 2016) ނެރުއްވާފައިވާ ބަސްތޫރައިގާ ވާ ބަސްތައް ބޭނުންކޮށްގެން "އައު ލަފްޒު" މުބާރާތެއް ވަނީ މިނިސްޓްރީގެ މުވައްޒަފުންގެ މެދުގައި ކުރިއަށް ގެންގޮސްފައެވެ.