ހޯމް މިނިސްޓަރ ދި ޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެންފި

ދި ޓީވީ އިން ކުރިއަށްގެންދާ ޙަބަރުތެއިން ޕްރޮގްރާމްގައި ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވައިފިއެވެ. މިޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަވީރު ނޫހަށް ދިމާވެފައިވާ މައްސަލައާއި ގުޅޭގޮތުން ވިދާޅުވީ ހަވީރުނޫހަކީ އޭގެޒާތުގައި ތެދު މަޢުލޫމާތު "ރިއަލް ޓައިމްގައި" ގެނެސްދޭ ނޫހެއް ކަމަށާއި އެންމެ ބޮޑު އަރުޝީފެއް އޮތް އަދި ރައްޔިތުންގެ އެންމެ މަގުބޫލުކަން ލިބަފައިވާ ނޫސް ކަމުން މިނޫސް ހުއްޓިފައި އޮތުންވަނީ އަޅުގަނޑުމެންނަށް ލިބިފައި އޮތް ވަރަށް ހުސްކަމެއްކަމަކަށެވެ. ސަރުކާރުން މިކަމުގެތެރެއަށް ވަދެ ހަވީރު ނޫސް ނެރެވޭނެ އިންތިޒާމު، މިހާރު އިއްވާފައިވާ ހުކުމާއި ޚިލާފުނުވާގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި އެޓަރނީ ޖެނެރަލް އާއި ސަރުކާރުގެ ފުއްނާބުއުސް ލޯޔަރުންނާއި އަދި ރައީސުލްޖުމްހޫރިއްޔާއާއިވެސް ދަނީ މަޝްވަރާކުރެވެމުން ކަމުގައި މިސްޓަރ ވިދާޅުވިއެވެ.

ބައެއް މީޑިއާތަކަށް ކޯޓުގައި ހިނގާ ޝަރީއަތާއި ގުޅުންހުރި މައްސަލަތަށް ކަވަރ ކުރުމަށް ނުވަދެވޭކަމާއި، އަދި ރައީސުލް ޖުމުހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ހަފްލާތަށް ކަވަރ ކުރުމަށް ބައިވެރި ނުވެވޭ ކަމާއި ހަމައެކަނި ދައުލަތުގެ މީޑިއާއިން ދޭފީޑެއް ފިޔަވާ އެހެން މަޢުލޫމާތެއް އާންމު މީޑިއާތަކަށް ނުލިބޭތީ މިކަމަށް އޮތް ޙައްލަކީ ކޮބައިތޯ ސުވާލު ދެންނެވުމުން މިސްޓަރ ވިދާޅުވީ މިކަމަކީ ދާއިމަށް ދެމިގެންދާނެކަމަށް ނޫންކަމާއި މިފަދައިން ކަންހިގަނީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ގެންލުންވާފަދަ ކަންތައްތަކެއް ހިންގާފައިވާތީ ސަލާމަތީކަންކަން ބެލެހެއްޓުމުގައި ވަރަށް ބޮޑު އަހްމިއްޔަތުކަމެށް ދީފައިވާތީކަމަށް ވިދާޅުވިއެވެ. އެފަދަ ޙާދިޘާއެއް ތަކުރާރުނުވާފަދަ މާހައުލެއް ގާއިމުވުމުން މިކަމަށް ހައްލެއް ލިބިގެން ދާނެކަމަށް ވިދާޅުވިއެވެ.

އަބުރާއި ބެހުމުގެ ބިލާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ މީޑިއާތައް ކަންބޮޑުވާ ކަންތައްތަކާއި އާންމުންގެ ހައްޤުތައްވެސް ރައްކާތެރިކުރެވޭ ގޮތަށް މިބިލަށް އިޞްލާޙުތަކެއް ގެނައުމަށް މަސައްކަތްތައްކުރެވޭ ކަމަށެވެ.

އަދި މީގެ އިތުރުން، ފުލުހުންނާއި ގޭންގަކާއި ޖެހުނު މައްސަލައާއި، ފުލުހުންނަށް ބިރުދެއްކުމާއި ގުޅޭ ގޮތޮން މިނިސްޓަރ ވިދާޅުވީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބަޔަކު ހަމަލާދީ ނުވަތަ ބިރުދެއްކުންފަދަ ޢަމަލެއް ހިންގައިފިނަމަ ސަރުކާރުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅެއް އަޅާނެކަމަށެވެ. އަދި ފުލުހުންގެ މުސާރައާއި ރިސްކް އެލަވަންސާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ އެކަމާބެހޭގޮތުން ދަނީ އެންމެ މަތީ ދަރަޖައިގައި މަޝްވަރާ ކުރެވެމުން ކަމަށާއި އިރާދަކުރެއްވިއްޔާމިކަމަށް ވަރަށްއަވަހަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމަށެވެ.

ހަމައެއާއެކު ގެއްލިގެން އުޅޭ ނޫސްވެރިޔާ ކަމަށް ބުނާ ރިޟްވާން ގެ މައްސަލައާއިގުޅޭގޮތުންނާއި، ގޭންގް މާރާމާރީ އާއި ގުޅިގެން މުނިކޮމް އަމުރުގެ ދަށުން ފައިގާ ޓެގް އެޅުވުމާއި ގުޅޭގޮތުންވެސް މިޕްރޮގްރާމްގައި ވަހަކަ ދެކެވުނެވެ.