ނެޝަނަލް "ކެޓް" އެންޓް "އޮޕްކެޓް" ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން ހިންގި "ސެންސިޓައިޒޭޝަން އެންޑް އޮރިއެންޓޭޝަން" ޕްރޮގްރާމްގައި މިނިސްޓްރީގެ ކަމާގުޅޭ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި

ނެޝަނަލް "ކެޓް" އެންޓް "އޮޕްކެޓް" ކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށްގެން "ސެންސިޓައިޒޭޝަން އެންޑް އޮރިއެންޓޭޝަން" ގެ ނަމުގައި ހިއުމަން ރައިޓްސް ކޮމިޝަމް އޮފް ދި މޯލްޑިވްސްއިން ޕްރޮގްރާމެއް، 09 މާރޗް 2016 ވަނަ ދުވަހު ދަރުބާރުގޭގައި ފަށައިފިއެވެ. 02 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިނިސްޓްރީގެ ކަމާގުޅޭ ސެކްޝަނުގެ ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕްރޮގްރާމަކީ "ކެޓް" އެންޑް "އޮޕްކެޓް" ކޮންވެންޝަނަށް މެމްބަރުން އަހުލުވެރިކޮށް ކޮމިޓީގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތްތަކާއި އަދި މިކޮމިޓީގެ މެމްބަރުންގެ މަސްއޫލިއްޔަތުތައް އޮޅުންފިލުވައިދެއްވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރުއެވެ.