ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ފުވައްމުލަކުގައި

ހުރަވީ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ޏ. ފުވައްމުލަކުގައެވެ. މިޖަލްސާ އޮންނާނީ މިއަހަރުގެ ހުރަވީ ދުވަސްކަމުގައިވާ 3 ޖުމާދަލްއާޚިރާ 1437 ،12 މާޗް 2016 ވާ ހޮނިހިރު ދުވަހުއެވެ.

މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒު އަލްފާޟިލް ޢުމަރު ނަޞީރެވެ. މިޖަލްސާއަށް ދަޢުވަތުއެރުވިގެން މާލެއިންނާއި ފުވައްމުލަކުން ބޭފުޅުން ވަޑައިގަންނަވާނެއެވެ.