ޔޫއެންޑީޕީ ޕްރޮގްރާމް ސްޕެޝަލިސްޓް ފޮރ ސިވިލް ސޮސައިޓީ އެންޑް ޔޫތް ބެނިއަމް ގެބްރިޒްގީ މިމިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފި

ޔޫއެންޑީޕީ ޕްރޮގްރާމް ސްޕެޝަލިސްޓް ފޮރ ސިވިލް ސޮސައިޓީ އެންޑް ޔޫތް ބެނިއަމް ގެބްރިޒްގީ މާރޗް 6 ން 10 ށް ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ޕާމަނަންޓް ސެކްރެޓަރީ އަލްފާޟިލް އިބްރާޙިމް ހަމީދާއި މިނިސްޓްރީގެ ސިވިކް އެޑިއުކޭޝަން އެންޑް ކޮމިއުނިޓީ ޕާޓްނާރޝިޕް ސެކްޝަނުގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ސިވިލް ސޮސައިޓީ އަށް އަމާޒުކޮށް މިމިނިސްޓްރީން މިއަހަރު ކުރުމަށް ރާވާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މީގެ އިތުރުން ސިވިލް ސޮސައިޓީގެ ދައުރު ފުޅާކޮށް އިތުރަށް ހަރަދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރިއަށް ގެންދެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.