ހާކްގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކޮށްފި

ހޯމްއެފެއާޒު ރެކްރިއޭޝަން ކްލަބް (ހާކް) ގެ ފަރާތުން ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް ޚާއްޞަކޮށްގެން މިއަދު ފާހަގަކޮށްފިއެވެ. އެގޮތުން މިދުވަހާއި ގުޅޭގޮތުން ކޭކުފެޅުމާއި އަދި އޮފީހުގެ ހުރިހާ އަންހެން މުވައްޒަފުންނަށް ފިނިފެންމަލަކާއެކު ކާޑެއް ހަދިޔާކުރުންވެސް އޮތެވެ. އަދި މިދުވަހަށްޓަކައި ތައްޔާރުކޮށްފައިވާ ޚާއްސަ ބެޖެއްވެސް ހުރިހާ ބޭފުޅުންނަށް ހަދިޔާކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން ހޯމް މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން ސަރުކާރަށް އެންމެ ގިނަދުވަހު ޚިދްމަތްކުރި އަންހެން މުވައްޒަފަށާއި އަދި އެންމެ ގިނަދުވަހު ހޯމް މިނިސްޓްރީގައި މަސައްކަތްކުރެއްވި އަންހެން މުވައްޒަފަށް ހަނދާނީ ސެޓްފިކެޓެއް ދިނުންވެސް އޮތެވެ.