މިމިނިސްޓްރީގައި މިހާރު ބޭނުން ކުރަމުންދާ އެޗް.އާރު ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެ

މިމިނިސްޓްރީގައި މިހާރު ބޭނުން ކުރަމުންދާ އެޗް.އާރު ސިސްޓަމަށް މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން ސެޝަންތަކެއް 07 މާރިޗް 2016 ވާ ހޯމަ ދުވަހުން ފެށިގެން 10 މާރިޗު 2016 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު 13:00 ން 14:00 ށް މިމިނިސްޓްރީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ. 04 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސެޝަންތަކުގައި މިމިނިސްޓްރީއާއި ޖުވެނައިލް ޖަސްޓިސް ޔުނިޓުން ޖުމްލަ 77 މުވައްޒަފުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ސެޝަންތަކުގައި މިހާރު ބޭނުން ކުރަމުންދާ އެޗްއާރު ސިސްޓަމް ބޭނުންކުރާނެ ގޮތާއި، މި ސިސްޓަމް އެންމެ ފުރިހަމަ ގޮތުގައި ބޭނުން ހިފޭނެ ގޮތްތައް ކިޔައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.