ހޯމް މިނިސްޓަރ އަލިފުށީ ކައުންސިލާއި ބައްދަލުކުރައްވައިފި

މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ރ. އަލިފުށީ ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީީ އަލިފުށީގައި ކުޑަކުދިންގެ ޕާރކެއް ހެދުމަށާއި އަލިފުށީ ކައުންސިލް އޮފީސް ބޮޑުކުރުމަށް ބޭނުންވާ ބަޖެޓް ހޯދުމާ ގުޅޭ ގޮތުންނާއި އަލިފުށީ ބޯޓް ޔާރޑްގެ މަސައްކަތް އަލުން ހިންގަން ފެށުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުންނެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ ޕާރކް ހެދުމަށް ބޭނުންވާ ފައިސާ ހަމަޖެހި އެކަން ކައުންސިލް އިދާރާއަށް އެންގިފައިވާކަމުގައެވެ. އަދި މީގެއިތުރުން ޕާކްހެދުމުގެ މަސައްކަތް ނިންމުމަށްފަހު ޚަރަދުގެ ތަފްޞީލް މިމިނިސްޓްރީއަށް ފޮނުވައިދެއްވުމަށާއިި މިއަހަރު ބަޖެޓް ހަދާއިރު ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ތެރޭގައި ކައުންސިލް އިދާރާގެ އޮފީސް އިމާރާތުގެ މަސައްކަތް ހިމެނުމަށް އެދިވަޑަައިގެންނެވިއެވެ. އަދި މިނިސްޓަރ ވިދާޅުވީ ބޯޓް ޔާރޑްގެ ކަންތަކާ ގުޅޭ ގޮތުން ހައްލެއް ނުލިބި ދިގުލައިގެން ދާނަމަ އެކަން ލިޔުމަކުން އެންގުމަށާއި އަދި އެކަމުގައި ސަރުކާރުގެ އިދާރާތަކާއެކު މަޝްވަރާކޮށްދެއްވާނެ ކަމުގައެވެ.