މޯބައިލް ނަމްބަރ ޕޯޓަރބިލިޓީ ހޯމްމިނިސްޓަރ އިފްތިތާޙްކޮށް ދެއްވައިފި

މޯބައިލް ފޯނުގެ ނަމްބަރ ބަދަލުނުކޮށް ކޮންމެ އޮޕަރޭޓަރެއްގެ ޚިދުމަތަށް ބަދަލުވެވޭ ޚިދުމަތް އިފްތިތާޙްކޮށްފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިޚިދުމަތް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރެވެ.

މި ޚިދުމަތް ތަޢާރަފްވުމާއެކު ދިރާގުގެ ފޯނުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން އުރީދޫއަށް ބަދަލުވާން ބޭނުންވާ އަދި އުރީދޫން ދިރާގަށް ބަދަލުވާން ބޭނުންވާ ކަސްޓަމަރުން މިހާރު ބޭނުންކުރާ ނަންބަރު ބަދަލުކުރާކަށް ނުޖެހޭނެއެވެ.

މިޚިދުމަތް ރަސްމީކޮށް ދޭންފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.