ޤައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރއަށް ލަފާއަރުވާ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

ގައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރއަށް ލަފާއަރުވާ ކޮމިޓީގެ ބައްދަލުުވުމެއް ބާއްވައިފިއެވެ. މިއަދު މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ޢުމަރު ނަޞީރު ބައިވެރިވެވަޑަައިގެންނެވިއެވެ. މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ 2016 ވަނަ އަހަރަށް ޝިޢާރެއް ކަނޑައެޅުމާއި ބެހޭގޮތުންނާއި އަދި މިނިސްޓްރީން މިހާރު ފާހަގަކުރަމުން ގެންދާ ދުވަސްތަކުގެ އިތުރުން މިއަހަރު ފާހަގަކުރާނެ އެހެނިހެން ކަންތައްތަކާއި ބެހޭ ގޮތުންނެވެ.

މިކޮމިޓީގައި ހިމެނިވަޑައި ގަންނަވާ ބޭފުޅުންނަކީ ޢަބްދުއްރަޝީދު ޙުސައިން (ކޮމިޓީގެ ރައީސް)، ޢައްބާސް އިބްރާހީމް، އަޙްމަދު ޝާކިރު (ކަށިމާ)، މުޙަންމަދު އާދަމް، އަޝްރަފް ޢަލީ، އަދާމް ނަޞީރު އިބްރާހީމް އަދި އަނީސާ އަޙްމަދެވެ.