"ނެޝަނަލް ކެޓް އަދި އޮޕްޓެކް ކޮމިޓީގެ" ނަމުގައި ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (ކެޓް) އަދި "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިޝްމަންޓް" (އޮޕްޓެކް)، މި ދެ މުޢާހަދާގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ޤައުމީ ފެންވަރުގައި ކޮމިޓީއެއް "ނެޝަނަލް ކެޓް އަދި އޮޕްޓެކް ކޮމިޓީގެ" ނަމުގައި 07 ފެބްރުއަރީ 2016 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެކުލަވާލައްވާފައެވެ.

މި ކޮމިޓީގައި ކަމާ ގުޅޭ ދާއިރާތަކުން 13 މެމްބަރުން ހިމެނިވަޑައި ގަންނަވައެވެ. މި ގޮތުން މިވަގުތު މި ކޮމިޓީގައި ހިމެނޭ ދާއިރާ ތަކަކީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، އެޓާރނީ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އިންސްޕެކްޓަރ އޮފް ކަރެކްޝަންސް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓް، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް، މޯލްޑިވްސް އިމިގްރޭޝަން އަދި ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ.