ހޯމް މިނިސްޓަރ އުމަރު ނަޞީރު މީޑިއާ ކައުންސިލާއި ބްރޯކާސްޓިންގ ކޮމިޝަނާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އުމަރު ނަޞީރު މޯލްޑިވްސް މީޑިއާކައުންސިލް ގެ ބޭފުޅުން އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން ގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ހޯމްމިނިސްޓްރީގައި ބޭއްވުނު މިބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ "ވޯލްޑް ޕްރެސް ފްރީޑަމް ޑޭ 2016" ރާއްޖޭގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމާއި ގުޅޭގޮތުންނެވެ. މިދުވަސް ފާހަގަ ކުރަމުންދަނީ ކޮންމެ އަހަރެއްގެ މެއި މަހު 03 ވަނަދުވަހުއެވެ.