މިނިސްޓްރީގެ ވަފްދެއް ކުޅުދުއްފުށްޓަށް ދަތުރުފުޅެއް ކުރައްވަން ނިންމަވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ވަފްދެއް ހދ. ކުޅުދުއްފުށްޓަށް ދަތުރުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ. މިމަހުގެ 25 ން 28 ގެ ނިޔަލަށް ކުރައްވާ މިދަތުރުފުޅުގެ މަޤްޞަދަކީ ކުޅުދުއްފުށީގައި ޤާއިމުކޮށްފައިވާ ނޮދަން އޮފީސް ކޮމްޕްލެކްސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންގެ ކަންތައްތައް ބެލުމާއި އިދާރީ އެހެނިހެން ކަންތައްތައް ބެލުމެވެ.

މިނިސްޓްރީގެ ވަފްދު ގައި 6 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.