ސަޢުދީ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަދުރު ޢަލީ އަލް ކަހައިލް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ހޯމްމިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ސަޢޫދީ އެމްބަސީގެ ސެކިއުރިޓީ ކަންތައްތައް ހަމަޖައްސައި ދިނުމާއި އަދި ސަޢުދީ ސަފީރަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.