އޭޝިއާ ފައުންޑޭޝަންގެ އެކްސްޕާރޓަކާއި ހޯމް މިނިސްޓަރާއި ބައްދަލު ކުރައްވައިފި

އޭޝިއާ ފައުންޑޭޝަންގެ ފަރާތުން ކޮމިއުނިޓީ ޕޮލިސިންގ އެކްސްޕަރޓެއް ކަމަށްވާ މރ. ޓޮޑް ވަސޭލް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ހޯމް މިނިސްޓްރީގައި ބޭއްވުނު މިބައްދަލު ވުމަކީ އޭޝިއާ ފައުންޑޭޝަންގެ އެހީގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހިންގައިދިނުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ޕޮލިސިންގ ޕްރޮގްރާމްގެ ދަށުން ކޮމިއުނިޓީ ޕޮލިސިންގ ގެ ރެޕިޑް އެސެސްމެންޓް އެއް ހެދުމަށް ހަމަޖެހިފައިވާތީ އެކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.