ހޯމް މިނިސްޓަރ ޅޮހީ ކައުންސިލާއި ބައްދަލުކުރައްވައިފި

މިިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢުމަރު ނަޞީރު ޅޮހި ކައުންސިލްގެ ބޭފުޅުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނީ ޅޮހީގައި ނެރު ބައްތި ހަރުކުރުމާއި ކައުންސިލް އޮފީސް މަރާމާތުކޮށް ބޮޑުކުރުުމާއި ރަށުގެ ޤަބުރުސްތާނުގެ ވަށާފާރު ރޭނުމާއި ރަށުގައި ޕާރކެއް ޤާއިމްކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ރަށު ކައުންސިލަށް ފޯރުކޮށްދިނުުމާއި ގުޅޭގޮތުންނެވެ. މީގެ އިތުރުން، ރަށުގައި ދާއިމީ ގޮތެއްގައި ފުލުހުންގެ ޚިދްމަތް ދެވޭނޭގޮތެއް ހަމަޖައްސަވައި ދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވިދާޅުވީ ޅޮހީގައި ޕޮލިސް ޑެސްކެއް މިއަހަރު ތެރޭ ޤާއިމްކޮށް ދެއްވާނެ ކަމަށާއި އެދިވަޑައިގެންނެވި އެހެނިހެން ކަންކަން ކޮށްދެއްވުމަށް ވެސް މަސައްކަތްކުރައްވާނެކަމުގައެވެ.

މީގެ އިތުރުންވެސް ރަށުގައި ވޭސްޓް މެނޭޖްމަންޓް ޕްލޭން ތަންފީޒުކުުރުމުގެ މަސައްކަތް ފެށުމާ އެމަސައްކަތް ކުރުމަށް ޕިކަޕެއް ހޯދުމާއި ކައުންސިލް އިދާރާއަށް އިތުރު ދެމުވައްޒަފަކު ހަމަޖެއްސުމަށްޓަކައި ބަޖެޓް ހޯދުމާއި ރަށުގައި ހިންގާ ޖަމިއްޔާތައް ޙަރަކާތްތެރިވުމާ ގުޅޭ ގޮތުންވެސްް މަޝްވަރާކުރެވުނެވެ.