ހޯމް މިނިސްޓަރ ،މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ ރައީސް އާއި ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަޞީރާއި މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ ރައީސް އަލްފާޟިލް ހަސަން ޢަބްދުއްރަޙީމް މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ހެނދުނު ބޭއްވުނު ބައްދަލު ވުމުގައި މަޝްވަރާ ކުރެވިފައިވަނީ ރ.މަޑުއްވަރީގެ ކުށުގެ މާހައުލު އޮތް ގޮތުން އެރަށުގައި ފުލުލުހުންގެ ޚިދްމަތް ދޭން ފެށުމާ ގުޅޭ ގޮތުންނެވެ. އަދި މިބައްދަލުވުމުގައި މިނިސްޓަރވަނީ އެރަށަކީ ފުލުހުންގެ ޚިދްމަތް ދިނުމަށް އެންމެ އިސްކަމެއް ދެއްވާ އެއް ރަށްކަން ފާހަގަކުރައްވާ އެކަން ވީއެންމެ އަވަހަކަށް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.