އިލެކްޝަން ކޮމިޝަންގެ ބޭފުޅުންނާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

އިލެކްޝަން ކޮމިޝަންގެ ބޭފުޅުންނާ މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރާއި މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމަކީ ޑިމޮކްރެސީ ހަފްތާ ބޭއްވުމަށް އިލްކެޝަންސް ކޮމިޝަންގެ ފަރާތުން ވަމުން ގެންދަވާ ތައްޔާރީތަކާ ގުޅޭ ގޮތުންނާއި އަދި އެކަންކަމަށް މިމިނިސްޓްރީގެ ފަރާތުން އެހީތެރިކަމާ އެއްބާރުލުން ދެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވި ބައްދަލުކުރެއްވުމެކެވެ.

މިގޮތުން އިލެކްޝަން ކޮމިޝަނުގެ ފަރާތުން އެދިވަޑައިގެންނެވި ކަންތައްތަކުގެ ތެރޭގައި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސެކިއުރިޓީ ހަމަޖައްސަވާ ދެއްވުމާއި، ދަތުރުފުޅުތައް ކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗްތައް ހަމަޖައްސަވާ ދެއްވުމެވެ. މިބައްދަލުކުރެއްވުމުގައި އިލެކްޝަނުން އެދިވަޑައިގެންނެވި ކަންތައްތައް އެގޮތަށް ހަމަޖެހިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.