މިނިސްޓްރީގެ ވަފްދެއް މ. ފ. ދ. އދ. އަތޮޅަށް ޒިޔާރަތްކުރައްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ވަފްދެއް މ. ފ. ދ އަދި އދ. އަތޮޅަށް ޒިޔާރަތްކުރައްވައިފިއެވެ.

ޖެނުއަރީ މަހުގެ 30 ން ފެބްރުއަރީ 1 ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ މިދަތުރުގެ މައިގަނޑު މަޤްޞަދަކީ މިއަތޮޅުގެ އަތޮޅުގެތައް މަރާމާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމާއި އެއަތޮޅުތަކުގެ ކައުންސިލް އިދާރާތަކުގެ ޢިމާރާތްތައް ހާލަތު ބެލުމެވެ. މިގޮތުން މިއަތޮޅުތަކުގެ 7 ރަށަކަށް ޒިޔާރަތްކޮށް އަތޮޅުގެތަކުގެ ފެންވަރުބަލައި މޮނިޓަރ ކުރެވުނެވެ. އަދި މީގެއިތުރުން އދ. ހަންޏާމީދޫ އާއި އެއަތޮޅު ދިގުރަށުގެ ގަބުރުސްތާނު ވަށާފާރުލާ ސަރަޙައްދުވެސް ބަލާ މޮނިޓަރކުރެވުނެވެ.

އަތޮޅުގެތައް މަރާމާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވަނީ 2015 ވަނައަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މިމަސައްކަތްކުރުމުގެ ކަންތައްތައް ހިނގަމުން ގެންދަނީ ލާމަރުކަޒީ އުސޫލުން އަތޮޅު ކައުންސިލް އިދާރާ މެދުވެރިކޮށެވެ. މިއީ މިމިނިސްޓްރީން ހިންގުމަށް މިއަހަރު ރާވާފައިވާ ބައެއް ޕްރޮޖެކްޓްތައް ނިސްބަތްވާ އަތޮޅުތަކެވެ.