ހޯމް މިނިސްޓަރ ރިމާންޑް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އާއި ނެޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ޤާއިމް ކުރާ ވަގުތީ ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ބައްލަވައިލެއްވުމަށް މިފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު މާފުށީ ޖަލަށް ޒިޔާރަތްކުރައްވައިފިއެވެ.

އެމަނިކުފާނުގެ އަރިހުގައި މިދަތުރުފުޅުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާއި ނޭޝަނަލް ޑްރަގް އޭޖެންސީގެ ބޭފުޅުންނާއި އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.