އިންޑިޔާ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

އިންޑިޔާސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ.

ހޯމްމިިނިސްޓްރީގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމަކީ އިންޑިޔާގެ ހައިކޮމިޝަނަރކަމުގެ މަގާމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު މިނިސްޓަރގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތެކެވެ. މިބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުމާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ހައިކޮމިޝަނަރ އަކިލޭޝް މިޝްރާ ގެ ވާހަކަފުޅުގައި ރާއްޖޭގެ ރީތިކަމާއި ދިވެހިންގެ ހިތްހެޔޮކަން ފާހަގަކޮށް، ރާއްޖޭގެ ސަގާފަތާއި ބަހުގައި ހުރި އެއްގޮތްކަންވެސް ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ފާހަގަކުރެއެްވި ކަންތައްތަކުގެ ތެރޭގައި އިންޑިޔާއަކީ ދިވެހިރާއްޖެއާއެކު އެންމެ ގާތްގުޅުމެއް ބާއްވާ ޤައުމުކަން ފާހަގަކޮށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އިންޑިޔާއިން ދިވެހިރާއްޖެއަށް ވެދެއްވާފައިވާ އަދި ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުދަންނަވާ ވާހަކަފުޅު ދެއްކެވިއެވެ.