ހޯމް މިނިސްޓަރ ދެކައުންސިލަރަކާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރު ތ. ތިމަރަފުށީ ކައުންސިލާއި ތ. ގުރައިދޫގެ ކައުންސިލްގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިދެބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ އެރަށްރަށުގެ ތަރައްޤީއަށް މިހާރު ކުރެވެމުންދާ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ކަންތައްތަކާއި ބެހޭގޮތުންނެވެ. މިދެބައްދަލުކުރެއްވުމުގައި އެރަށްރަށުގެ މިހާރުގެ ޙާލަތާ ބެހޭގޮތުން އެބޭފުޅުންނާ މިނިސްޓަރ މަޝްވަރާކުރެއްވިއެވެ.