އެލް. ޖީ. އޭގެ ރައީސާއި ބ.މާޅޮސް ކައުންސިލްގެ ރައީސް ބައްދަލު ކުރައްވައިފި

ލޯކަލް ގަވރމަންޓް އޮތޯރިޓީގެ ރައީސް އަލްފާޟިލް ޢުމަރު ނަޞީރާއި ބ.މާޅޮސް ކައުންސިލްގެ ރަައީސް އަލްފާޟިލް ޢަބްދުﷲ ޝުޖާޢު ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލުވުމުގައި ވާހަކަ ދެކިވެފައިވަނީ ރަށުގެ ތަރައްޤީއަށާއި ކައުންސިލްގެ މާލިއްޔަތު ކުރިއެރުވުމަށް ކުރިއަށް ގެންދެވޭ ތަފާތު މަޝްރޫޢުތަކާއި އެކަންތައް ކުރުމަށް ބޭނުންވާ ބަޖެޓް ލިބުމުގައި ހުރި ދަތިތަކާ ގުޅޭ ގޮތުންނެވެ. މިގޮތުން، ރަށުގެ ވޭސްޓް މެނޭޖްމަންޓް ރަނގަޅުކޮށް ރީސައިކަލް ކުރެވޭ ތަކެތިން ކާދު (ގަސްކާނާާ) ހެދުމާއި ފަން ފަދަ ތަކެތި ވިއްކައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާކަން ފާހަގަކުރެއްވިއެވެ.

އަދި ރަށުގެ ބަނދަރު މަރާމާތުކޮށްދެއްވުމަށާއި ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރިއަށް ގެންދަވާ ހަރަކާތްތަކަށް މާލީ ގޮތުން އެހީތެރިވެދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މާޅޮސް ކައުންސިލަކީ މަސައްކަތްތައް ޕްރޯއެކްޓިވްކޮށް ކުރިއަށް ގެންދާ ކައުންސިލެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.