ހޯމް މިނިސްޓްރީގެ މުވައްޒަފުންނަށް އުރީދޫން ދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ދެއްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ މުވައްޒަފުންނަށް އުރީދުން ދެމުންގެންދާ ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު މިއަދު ދެއްވައިފިއެވެ.

އުރީދުން ބޭފުޅަކު ވަޑައިގެން ދެއްވި މަޢުލޫމާތު ތަކުގެ ތެރޭގައި އުރީދުން މިހާރު ދެމުންގެންދާ ޚިދުމަތްތަކާއި އަދި ކުރިއަށް ރޭވިފައި ހުރި ޚިދްމަތްތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

މިމިނިސްޓްރީގެ ކޮންފަރެންސް ރޫމްގައި ކުރިއަށްގެންދިޔަ މިސެޝަންގައި މިނިސްޓްރީގެ 27 މުވައްޒަފުން ބައިވެރިވިއެވެ.