ރ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވުނީ ރ. އަތޮޅުގެ ރަށުކައުންސިލްތަކުގެ އިދާރާތައް ހިންގާ އޮފީސް ޢިމާރާތްތައް މަރާމާތުކޮށް އައު ޢިމާރާތްތައް އެޅުމާ ގުޅޭގޮތުންނެވެ.

މިބައްދަލުވުމުގައި އެކައުންސިލްގެ ރައީސާއި ކައުންސިލްގެ މެންބަރަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.