ސިޔާސީ ޕާޓީތަކާއި ގުޅޭ ކަމެއްގައި ކަމާގުޅޭ މުއައްސަސާތަކާއެކު ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ސިޔާސީ ޕާޓީތަކާ ގުޅޭކަމެއްގައި، ކަމާގުޅޭ މުއައްސަސާތަކާއެކު މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. ހޯމްމިނިސްޓްރީގައި ޑިސެމްބަރ 7 ވަނަ ދުވަހު ބޭއްވި މިބައްދަލުވުމަކީ، ސިޔާސީ ޕާޓީތަކުން ދައުލަތުގެ ބިންތަކުގައި ނުވަތަ ދައުލަތުން އެހެނިހެން ބޭނުންތަކަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައި ހުއްދަނެތި ޖަގަހަ ހަދައިގެން އަޑުގަދަކުރާ ބޭނުންކޮށް، ސިޔާސީ ހަރަކާތްތައް ހިންގާ މައްސަލަ ބޮޑުވެފައިވާތީ، އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މަޝްވަރާކުރުމަށްޓަކައި ބޭއްވެވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސް، އެލް.ޖީ.އޭ، އިލެކްޝަންސް ކޮމިޝަން އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.