ނ. މަނަދޫ ކައުންސިލްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި

ނ. މަނަދޫ ކައުންސިލްގެ ބޭފުޅުންނާ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ. ހޯމް މިނިސްޓްރީގައި ބޭއްވި ޑިސެމްބަރ 7 ވަނަ ދުވަހު ބޭއްވި މިބައްދަލުކުރެއްވުމަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން ކުރަން ޖެހޭ ކަންތައްތަކާ ބެހޭގޮތުންނާއި ކައުންސިލްގެ ހުރި ކަންބޮޑުވުންތައް މިނިސްޓަރާ ހިއްސާ ކޮށްލުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި މަނަދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް ޢަބްދުއްރަޙްމާން ސަބީހް އާއި ކައުންސިލަރ މުޙަންމަދު އިނާޒެވެ.