ދިވެހިރާއްޖެ، އިންޑިއާ އަދި ސްރީ ލަންކާއަށް ކަނޑައަޅާފައިވާ ޖޯގްރަފިކް ޑެޕިއުޓީ ޑިރެކްޓަރާ ހޯމް މިނިސްޓަރ ބައްދަލުކުރައްވައިފި

ގްލޯބަލް އެފެއާޒް، ކެނެޑާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ފަޔާޒް މަންޖީ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރާއި ބައްދަލު ކުރައްވައިފި އެވެ.

މިބައްދަލުވުމުގައި ދިވެހިރާއްޖެއާއި ކެނެޑާގެ ގުޅުން ބަދަހިކުރުމާއި، މިހާރު ރާއްޖޭގެ ސިޔާސީ މަޞްރަހުގައި ހިނގަމުންދާ ތަފާތު ކަންކަމާއިގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި އަލަށް ފާސްކުރި ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނާއި، ދީނީގޮތުން ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމުގެ ގޮތުން ރާއްޖޭ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

މިއީ ކެނެޑާގެ އައުސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު ދިވެހިރާއްޖެއަށް އެގައުމުގެ ޚާރިޖިއްޔާއިން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.