ހއ. އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި ހޯމް މިނިސްޓަރު ބައްދަލުކުރައްވައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ބޭފުޅުންނާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު ބައްދަލުކުރައްވައިފިއެވެ.

އަތޮޅު ކައުންސިލް އިދާރާގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި އަތޮޅު ތަރައްޤީއަށް ކުރުމަށް ރާއްވަވާފައި ހުރި ކަންތައްތަކާއި، ކައުންސިލްއަށް ދިމާވެފައިވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ކައުންސިލްގެ ހުރިހާ މެންބަރު ބައިވެރިވެ ވަޑައިގަތެވެ.