ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް 2014 ޝަރަފުކޮށްދެއްވީ ހޯމް މިނިސްޓަރ

ނިސްޓަރ އޮފް ހޯމްއެފެއާޒު އަލްފާޟިލް ޢުމަރު ނަޞީރު ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބޭއްވި ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް 2014 ދިނުމުގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ 2015 ނޮވެމްބަރ 30 ވީ ހޯމަ ދުވަހުގެ ރޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

މި ރަސްމިއްޔާތުގައި އެވޯޑުތަށް ދެވުނީ ހަތް ދާއިރާއަކަށް އަމާޒުކޮށް ތިންބަޔަކަށް ބަހާލައިގެންނެވެ. އެއީތަޢުލީމީ، އިޖްތިމާއީ އަދި އެންމެ ޚިދުމަތްތެރި ކައުންސިލަށެވެ. މިއެވޯޑް ދިނުމުގެ މަގްސަދަކީ ހއ. އަތޮޅުގައި ޢިލްމީގޮތުން ގާބިލް ޖީލެއް އުފެއްދުމާއި، އަތޮޅު ސްކޫލް މަދަރުސާތަކުގައި ކިޔަވާދެއްވާ މުދައްރިސުންނާއި، ދަރިވަރުންނަށް އުގެނުމާއި، އުގަންނައިދިނުމަށް ހިތްވަރު ދިނުމާއި އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާއީ ރޫޙު ދިރުވާ އާލާކުރުމާއި ކައުންސިލް ތަކުގެ ހިންގުން ހަރުދަނާކުރުމަށް ރަށުކައުންސިލްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.