ހޯމް މިނިސްޓަރ ދިއްދޫއަށް މިއަދު ފުރާވަޑައިގަންނަވާނެ

މިނިސްޓަރ އޮފް ހޯމްއެފެއާޒު އަލްފާޟިލް ޢުމަރު ނަޞީރު ތިލަދުންމަތީ އުތުރުބުރީ ދިއްދޫއަށް މިއަދު ފުރާ ވަޑައިގަންނަވާނެއެވެ. އެމަނިކުފާނު ދިއްދޫއަށް މިކުރައްވާ ދަތުރުފުޅަކީ އެއަތޮޅު ކައުންސިލްގެ ފަރާތުން ބާއްވާ "ތިލައުތުރު އުއްތަމަ އަރުތަވެރިންގެ އެވޯޑް 2014" ދިނުމުގެ ޙަފްލާ ޝަރަފްވެރި ކޮށްދެއްވުމުގެ ގޮތުންނެވެ.

މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 30 ނޮވެމްބަރ 2015 ވާ ހޯމަ ދުވަހުގެ ރޭ ގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި މިނިސްޓްރީގެ ވެރީން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.