ޖަމްޢިއްޔާތަކުގެ ގަވާއިދާއި ބެހޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

1 އޮކްޓޯބަރ 2015 ގައި އަމަލުކުރަން ފެށި ޖަމްޢިއްޔާތަކުގެ ގަވާޢިދު (ނަމްބަރު R-180/2015) އާ ގުޅޭގޮތުން ބައެއް ޖަމްޢިއްޔާތަކުން ހުރި ކަންބޮޑުވުންތައް ރަޖިސްޓްރާއާއި ހިއްސާކުރުމުގެ ގޮތުން ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މިބައްދަލުވުމުގައި އަލަށް ޢަމަލުކުރަންފެށި ގަވާޢިދު ސަބަބުން ދިމާވަމުން އަންނަ ދަތިތައް ފާހަގަކޮށް އެކަމާގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ފާހަގަކުރެވޭ ކަންތައްތައް ރަޖިސްޓްރާއަށް ހުށަހެޅުމަށް މިބައްދަލުވުމުގައި ޖަމްޢިއްޔާތަކުން ނިންމެވިއެވެ.

ހޯމް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި 13 ޖަމްޢިއްޔާއަކުން ބޭފުޅުން ބައިވެރިވެ އަދި ޔޫއެންޑީޕީގެ ފަރާތުން ބޭފުޅަކު ބައިވެރިވެ ވަޑައިގެންނެވިއެވެ.