ޖުމްހޫރީ ދުވަހުގެ ޖަލްސާ މާދަމާރޭ ދަރުބާރުގޭގައި އޮންނާނެ

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޖަލްސާ މާދަމާރޭ ދަރުބާރުގޭގައި އޮންނާނެއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މިޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި ޝަރަފުގެ މެޑެލް އެރުވުން އޮންނާނެއެވެ. އަދި މީގެއިތުރުން ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންނަށް ޤައުމީ އިނާމު ދެއްވުމާއި އަދި މަތީދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި ހަނދާނީ ލިޔުންދެއްވުންވެސް އޮންނާނެއެވެ.