ސަޢުދީ ސަފީރު ހޯމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ސަޢުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ބަދުރު ޢަލީ އަލް ކަހައިލް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އާއި ބައްދަލުކުރައްވައިފިއެވެ.

ހޯމްމިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި ސަޢޫދީ އެމްބަސީއެއް ރާއްޖޭގައި ހުޅުވަން ހަމަޖެހިފައިވާތީ، އެތަނުގެ ސެކިއުރިޓީ ކަންތައްތައް ހަމަޖައްސައި ދިނުމާއި ގުޅޭގޮތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނަށް ތަމްރީނު ދިނުމާގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއިން އެހީތެެރިކަން އެދޭ ކޮންމެ ކަމެއްގައި ސަޢުދީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ސަޢުދީ ސަފީރު ދެއްވިއެވެ.