ނަޞްރުގެ ދުވަހުގެ މުނާޞަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަރަކާތްތައް

މިއަހަރުގެ ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ އޮންނާނީ 3 ނޮވެމްބަރ 2015 ވާ އަންގާރަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައެވެ. މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަލްފާޟިލް ޢުމަރު ނަޞީރާއި ނިޝާން ޢިއްޒުއްދީގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް އަބްދުއްރަޝީދު ޙުސައިންގެ އިތުރުން ދައުލަތުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ނިިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެމްބަރ 3 ވަނަ ދުވަހުގެ ހަވީރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ރޫޓް މާޗް މާލޭގެ ބޮޑެތި މަގުތަކުގައި އޮންނާނެއެވެ. މީގެއިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުގެ ޑްރީމް ޑިސްޕްލޭ އާއި ކުޑަކުދިންގެ ހަވީރު ހދ. ކުޅުދުއްފުށީގައި އޮންނާނެއެވެ.