ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ކުޅުދުއްފުށީގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ

ނަޞްރުގެ ދުވަހާއި ގުޅިގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. މިޖަލްސާ އޮންނާނީ ނޮވެމްބަރ 3 ވާ އަންގާރަ ދުވަހުގެ ރޭ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގައެވެ.

މިޖަލްސާގައި މިނިސްޓަރ އޮފް ހޯމްއެފެއާޒު އަލްފާޟިލް ޢުމަރު ނަޞީރާއި ނިޝާން ޢިއްޒުއްދީގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް އަބްދުއްރަޝީދު ޙުސައިނާއި މިނިސްޓްރީން ބޭފުޅުންގެ އިތުރުން ދަޢުވަތުއެރުވިގެން މާލެއިން ބޭފުޅުން ވަޑައިގަންނަވާނެއެވެ.

މިޖަލްސާ ޝަރަފުވެރިކޮށްދެއްވާނީ ނިިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް ޢައްބާސް އިބްރާހީމެވެ.