މިނިސްޓްރީގެ ވަފްދެއް ހއ. ހދ. އަތޮޅަށް ޒިޔާރަތްކުރައްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒުގެ ވަފްދެއް ހއ. އަދި ހދ. އަތޮޅަށް މިއޮކްޓޯބަރ މަހުގެ 24 ން 25 ޒިޔާރަތް ކުރައްވައިފިއެވެ. މިދަތުރުގެ މައިގަނޑު މަޤްޞަދަކީ މިދެއަތޮޅުގެ އަތޮޅުގެތައް މަރާމާތުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު ބެލުމެވެ. މިގޮތުން މިދެއަތޮޅުގެ 7 ރަށަކަށް ޒިޔާރަތްކޮށް އަތޮޅުގެތަކުގެ ފެންވަރުބަލައި މޮނިޓަރ ކުރެވުނެވެ.

އަތޮޅުގެތައް މަރާމާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މިމަސައްކަތްކުރުމުގެ ކަންތައްތައް ހިނގަމުން ގެންދަނީ ލާމަރުކަޒީ އުސޫލުން އަތޮޅު ކައުންސިލް އިދާރާ މެދުވެރިކޮށެވެ.