"އަމާންވެއްޓެއް ޤާއިމްކުރުމަށާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް" ށ.އަތޮޅުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފި

މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ މެންޑޭޓްގައި އަމާންވެއްޓެއް ޤާއިމްކުރުމާއި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް ހިމެނިފައިވާތީ، މި މިނިސްޓްރީން އިންތިޒާމް ކޮށޮގެން ސެޕްޓޭމްބަރމަހުގެ 14 ން 15 އަށް ށ.ކޮމަންޑޫގައި "އަމާންރަށްވެހިކަން" މިނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.

މިވޯކްޝޮޕް އަމާޒު ކުރެވިފައި ވަނީ ށ.އަތޯޅުގައި ހުރި ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށެވެ. އެގޮތުން ށ.އަތޮޅު އަތޮޅު ކައުންސިލް، ރަށުކައުންސިލްތައް، އަންހެނުންގެ ކޮމިޓީ، ޕޮލިސް ސްޓޭޝަން، މެޖިސްޓްރޭޓް ކޯޓް، ސްކޫލް، ޖަމިޢްޔާ ޖަމާއަތްތަކުން ޖުމްލަ 66 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

14 ސެޕްޓެމްބަރ 2015 ވީ ހޯމަ ދުވަހުގެ 08:00 ގައި ށ.ކޮމަންޑޫ އަތޮޅު ތައުލީމީ މަރުކަޒުގައި މި ވޯކްޝޮޕް ހުޅުވައިދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް މޫސާ ފަތުޙީއެވެ. ޑެޕިއުޓީ މިނިސްޓަރ މޫސާ ފަތުޙީ ވާހަކައިގަ ވިދާޅުވީ ށ.އަތޮޅުގެ ތާރީޚަކީ ނަމޫނާ ރަށްވެހި ކަމެއް އެކުލެވިފައިވާ އަތޮޅެއް ކަމަށެވެ. އަދި މި ވޯކްޝޮޕުން ށ.އަތޮޅުގެ ރައްޔިތުންނަށް އެ އަތޮޅުގައި އަމާންކަން ގެނެއުމަށް ކުރެވިދާނެ ކަންތައްތައް އެނގިގެންދާނެ ކަމަށް އުންމީދު ކުރަށްވާކަމަށް މޫސާ ފަތުޙީ ވިދާޅުވިއެވެ.

މިވޯކްޝޮޕްގައި ސަރުކާރުގެ އެކި އޮފީސްތަކުން އެއޮފީހެއްގެ ދާއިރާއާގުޅޭ، އަމާންވެއްޓެއް ޤާއިމްކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން ޕްރެސެންޓޭޝަން ހުށަހަޅޫއްވިއެވެ. އެގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، މޯލްޑިވްސް ޕޮލިސް ސަރވިސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ލީގަލް ސެކްޝްން، އެންޖީއޯ ސެކްޝަން އަދި ޔޫތު ލީޑަރސް ނެޓްވޯކްގެ މެމްބަރުންގެ ފަރާތުން ވޯކްޝޮޕްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވިއެވެ.