ހދ. ނޭކުރެންދޫ އަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

ހދ. ނޭކުރެންދޫގައި އިމާރާތްކުރުމަށް ކަނޑައަޅާފައިވާ ޖަލު މަރާމާތުކުރާނެ ސަރަހައްދު މިނިސްޓަރ ބައްލަވައިލައްވައިފިއެވެ. މި ސަރަހައްދު ބައްލަވާލެއްވުމަށް ފަހު އެތަން ކޮށާ ސާފުކުރަންވީ ހިސާބު މިނިސްޓަރ ވަނީ ފާހަގަކުރައްވާ ކައުންސިލަށް ދައްކަވާފައެވެ. އަދި ވީ އެންމެ އަވަސް ފުރުޞަތެއްގައި އެ ސަރަހައްދު ކޮށާ ސާފުކޮށްދިނުމަށް ވެސް މިނިސްޓަރއެދިވަޑައިގެންނެވިއެވެ.

ދެ ދުވަހުގެ މުއްދަތަށް ހދ. ނޭކުރެންދޫއަށް މިނިސްޓަރ ޢުމަރު ނަޞީރު މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އިނިސްޕެކްޓަރ ޖެނެރަލް މުޙައްމަދު އިބްރާހިމްގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޑެޕިއުޓީކޮމިޝަނަރއޮފްޕްރިޒަންސްހަސަންޒިލާލުބައިވެރިވެވަޑައިގެންނެވިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުވަނީ ނޭކުރެންދޫ ގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ޒިޔާރަތްކުރައްވާ އެތަނުގެ ހާލަތު ބައްލަވާލައްވާ ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ހުރި ދަތިތައް އޮޅުންފިލުއްވައި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްފުލުހުންގެކިބައިންއެދިވަޑައިގެންނެވިއެވެ. އަދި އެތާގެ އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގަ އެމަނިކްފާން ލިޔުއްވާ ސޮއިކުރެއްވިއެވެ.