މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ޕާމަނަންޓް ސެކްރަޓަރީ އަކަށް އިބްރާހިމް ހަމީދު ހަމަޖައްސަވައިފި

ހޯމް މިނިސްޓްރީގެ ޕަމަނަންޓް ސެކްރެޓަރީ ކަމުގެ މަގާމަށް އިބްރާހިމް ހަމީދު ހަމަޖައްސަވައި ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާ މިނިސްޓަރ އުމަރު ނަސީރު އަށް ތަޢާރަފް ކޮށް ދެއްވުމަށްފަހު އޭނާ އެމަގާމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ހަވާލު ކޮށްދެއްވާފަ އެވެ.

އަދި ސިވިލް ސާވިސް ކޮމިޝަނުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނީ، އެ މަގާމަށް ހަމަޖެސްސެވީ ހޯމް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި އިބްރާހިމް ހަމީދު އެވެ.

އިބްރާހިމް ހަމީދަކީ މެލޭޝިއާގެ ބައިނަރީ ޔުނިވަސިޓީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މާސްޓާސް ޑިގްރީ ފުރިހަމަކުރައްވާފައި ވަނީ ތައިލޭންޑްގެ އޭޝިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިންނެވެ.

އެސިސްޓެންޓް ޑިރެކްޓަރ އެއްގެ މަގާމުގައި ހުންނަވައިގެން މިހާތަނައްވެސް އިބްރާހިމް ހަމީދު ވަނީ ހޯމްމިނިސްޓްރީ އަށް ވަރަށް އަގުހުރި ހިދުމަތް ތަކެއް ކުރައްވާފައެވެ.