މިނިސްޓަރ ޢުމަރު ނަޞީރު ޕެރޯލްބޯޑުގެ ޗެއަރމަން ޑރ.ހަބީބް އާއި ބައްދަލް ކުރައްވައިފި

މިނިސްޓަރ އުމަރުނަސީރު ޕެރޯލްބޯޑުގެ ޗެއަރމަން އާއި މަޝްވަރާ ކުރައްވަނީ

އަމާން މުޖުތަމަ އަކަށް ދިވެހި ޤައުމު ގެންދިއުމަށް މިނިސްޓަރ އުމަރު ކުރައްވާ ޙާއްސަ މަސައްކަތް ތަކުގެ ތުރެއިން، އެކި ސަބަބު ތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކުރާ ޤައިދީންނާއި ޕެރޯލްގެ ދަށުން ވަކި މުއްދަތަކަށް މުޖުތަމައަށް ދޫކުރެވޭ ޤައިދީން ޓެގް ހަރުކުރުމުގެ ނިޒާމުގެ ތެރެއިން ރެގިއުލޭޓްކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ވަނީ މަޝްވަރާތަކެއް ކުރައްވާ ފައެވެ.

ބިނާކުރަނިވި މިބައްދަލުވުމުގައި ޙާއްސަ ސަމާލުކަމެއް ދީގުން ޖަލުތަކުގެ އާބާދީ ކޮންޓުރޯލް ކޮށް، މުޖުތަމަ އަށް ފައިދާހުރި ބަޔެއްގެ ގޮތުގައި ޤައިދީން އަނބުރާ ގެނައުމަށް ޙާއްސަ މަސައްކަތް ތަކެއް ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. މިބައްދަލުވުމުގައި ޤައިދީން އިސްލާހު ކުރުމަށް ނުވަތަ އެމީހުން ޒިއްމާދާރު ބަޔަކަށް ހެދުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.